Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

ތިން ރަށެއްގައި ގެސްޓްހައުސް މެނޭޖްމަންޓް ކޯސް

ތިން ރަށެއްގައި ގެސްޓްހައުސް މެނޭޖްމަންޓް ކޯސް ހިންގަން ހަމަޖެހިފައިވާތީ އެ ކޯސްތަކުގައި ބައިވެރިވާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ ތިން ރަށަކީ އއ. ތޮއްޑު އާއި ބ. ދަރަވަންދޫގެ އިތުރުން ވ. ފުލިދު އެވެ.

މި ރަށްތަކުގައި ހިންގަން ހަމަޖެހިފައިވާ ގެސްޓްހައުސް މެނޭޖްމަންޓްގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެވެ. ކޮންމެ ރަށަކުން 20 ފުރުސަތު ހުޅުވާލާފައިވާ އިރު، އެޕްލައި ކުރުމުގެ މުއްދަތަކީ މި މަހުގެ 25 އެވެ.

ލޯކަލް ޓޫރިޒަމްގެ ތެރެއިން ރާއްޖޭގައި މިހާރު ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، އެކި ހިސާބުތަކުގައި އަންނަނީ ގެސްޓްހައުސްތައް ހިންގަމުންނެވެ.