އަނިޔާ ލިބިގެންވާ މީހާ މެނުވީ، ނުބައި ބަސް ބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
ماعز بن مالك الأسلمي އަކީ ކީރިތި ރަސޫލާގެ ޞަޙާބީ އެކެވެ. އެކަލޭގެފާނުގެ މަޝްހޫރު މައުޤިފަކީ ޒިނޭގެ ކުށަށް އިޢުތިރާވުމާއި، އެކަލޭގެފާނުގެ މައްޗަށް ޙައްދު ޤާއިމު ކުރުމެވެ. ماعز بن مالك الأسلمي ކީރިތި ރަސޫލާގެ އަރިހަށް ވަޑައިޑައިގެ ޒިނޭގެ ކުށަށް އިޢުތިރާފުވެވަޑައިގަތީ، ޞަޙާބީއެއް ކަމުގައިވާ هزَّال بن يزيد بن ذئاب الأسلمي ގެ ބާރުއެޅުއްވުމުގެ ސަބަބުންނެވެ.
ماعز بن مالك الأسلمي ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން ޒިނޭ ކުރެއްވި ކަމަށް އިޢުތިރާފުވެ، އެބަހުގައި ދެމިހުންނެވުމުން އެކަލޭގެފާނު ރަޖުމު ކުރެއްވުމަށް، ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވި އެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު ރަޖުމު ކުރެއްވުމަށް އަމުރު ކުރެއްވީ އެކަލޭގެފާނަކީ މުޙްޞަނަކަށް ވާތީއެވެ. އެހެން ނަމަވެސް ކީރިތި ރަސޫލާ صلى الله عليه وسلم އުންމަތަށާ هزَّال بن يزيد بن ذئاب الأسلمي އެކަމުގައި ނަޞީޙަތްތެރިވެވަޑައިގަތެވެ. هزَّال بن يزيد بن ذئاب الأسلمي އާއި މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. «وَاللهِ! يَا هَزَّالُ لَوْ كُنْتَ سَتَرْتَهُ بِثَوْبِكَ كَانَ خَيْرًا مِمَّا صَنَعْتَ بِهِ» (مالك في الموطأ برواية يحيى الليثي (1499)، وبرواية محمد بن الحسن الشيباني (700) أبو داود (4377)، أحمد (21945)، وقال شعيب الأرناءوط: صحيح لغيره وهذا إسناد حسن. والحاكم (8080) وقال: هذا حديث صحيح الإسناد. މާނައީ:"މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. އޭ هزَّال އެވެ. ތިބާގެ ހެދުމުގެ ތެރޭގައި އޭނާ ފޮރުވާލިނަމަ، ތި ކުރިކަމަށްވުރެ މާ ހެޔޮކަން ބޮޑުވީހެވެ." (މާނައަކީ ماعز بن مالك الأسلمي އެކުރި ކުށް ފޮރުވާ ވަންހަނާ ކުރުން، ތިބާ ތިޔަ ޢަމަލު ކުރި ގޮތަށްވުރެ މާ ރަނގަޅުވީހެވެ.)
މި ވާހަކައަށް ބަލާއިރު، ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނާ މެދު ކީރިތި ރަސޫލާ ޢަމަލު ކުރެއްވި އޯގާތެރިގޮތް ހާމައެވެ. މިކަމުން ލިބޭ ޢިބުރަތަށް ބަލާއިރު، بريدة بن الحصيب رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ماعز بن مالك الأسلمي ވަޑައިގަތެވެ. ކީރިތި ރަސޫލާ އާއި މުޚާޠަބު ކުރައްވައި ماعز بن مالك الأسلمي ވިދާޅުވިއެވެ.
(يا رسول الله طهِّرني، فقال: «وَيْحَكَ! ارْجِعْ فَاسْتَغْفِرِ اللهَ وَتُبْ إِلَيْهِ». قال: فرجع غير بعيدٍ، ثمَّ جاء؛ فقال: يا رسول الله طهِّرني،. فقال رسول الله صلى الله عليه وسلم: «وَيْحَكَ ارْجِعْ فَاسْتَغْفِرِ اللهَ وَتُبْ إِلَيْهِ». قال: فرجع غير بعيدٍ ثمَّ جاء؛ فقال: يا رسول الله طهِّرني. فقال النَّبيُّ صلى الله عليه وسلم مِثْلَ ذلك حتى إذا كانت الرابعة، قال له رسول الله: «فِيمَ أُطَهِّرُكَ؟» فقال: من الزِّنا. فسأل رسول الله صلى الله عليه وسلم: «أَبِهِ جُنُونٌ؟» فَأُخْبِرَ أنَّه ليس بمجنونٍ فقال: «أَشَرِبَ خَمْرًا؟» فقام رجلٌ فَاسْتَنْكَهَهُ فَلَمْ يَجِدْ منه ريح خمرٍ. قال: فقال رسول الله صلى الله عليه وسلم: «أَزَنَيْتَ؟» فقال: نعم) (مسلم: كتاب الحدود، باب من اعترف على نفسه بالزنى (1695)، والنسائي (7278)، والطبراني: المعجم الكبير (18382)
މާނައީ:"އޭ މާތް ﷲ ގެ ރަސޫލާ صلى الله عليه وسلم އެވެ. އަޅުގަނޑު ޠާޙިރުކޮށް ދެއްވާށެވެ! ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިބާއަށް ހަލާކު ހުއްޓެވެ. އެނބުރި ގޮސް މާތް ﷲ އަށް އަސްތަޣްފާރުކޮށް ތައުބާވާށެވެ. ماعز بن مالك الأسلمي މާ ދުރު ނޫން ހިސާބަކަށް ވަޑައިގަތެވެ. އެއަށްފަހު އަނެއްކާ ވެސް ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ މާތް ﷲ ގެ ރަސޫލާ އެވެ. އަޅުގަނޑު ޠާޙިރުކޮށް ދެއްވާށެވެ! ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ކުރިން ޙަދީޘް ކުރެއްވި ބަސްފުޅު ތަކުރާރު ކުރެއްވިއެވެ. ހަތަރުވަނަ ފަހަރު ވަޑައިގަތުމަށް ކުރީ ފަދައިން ވިދާޅުވުމުން، އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނު ތިބާ ޠާހިރު ކޮށްދޭންވީ ކޮންކަމަކުން ހެއްޔެވެ؟ ماعز بن مالك الأسلمي ދެންނެވިއެވެ. ޒިނޭ އިންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ކިބައިގައި މޮޔަކަމެއް ހުރޭތޯ ސުވާލު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ ކިބައިގައި މޮޔަކަމެއް ނުވެއެވެ. (ތިމަންނާއަކީ މޮޔައަކީމެއް ނޫނެވެ) ތިބާ ތިހިރީ ރާބޮއި މަސްތުގެ ޙާލަތުގައިތޯ ސުވާލު ކުރެއްވިއެވެ. ޞަޙާބީންގެ ތެރެއިން ބޭކަލު ތެދުވެވަޑައިގެން އެކަލޭގެފާނުގެ އަނގައިން ރަލުގެ ވަސް ދުވާތޯ ބެއްލެވިއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިބާ ޒިނޭ ކުރީ ހެއްޔެވެ؟" ماعز بن مالك الأسلمي ދެންނެވިއެވެ. އާދޭހެވެ!"
މިތަނުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ފެނިގެންދަނީ، ވިސްނުންތެރިކަމާ، ޙިކުމަތާ އޯގާތެރި އެންމެ މަތިވެރި ނަމޫނާއެވެ. ކުޑަވެސް ޝައްކެތް ނެތް ގޮތުގައި މީހަކު ރަޖަމު ކުރުމަކީ ވަރަށް ބޮޑު އެހާމެ ވަރުގަދަ ކަމެކެވެ. ماعز بن مالك الأسلمي ކުށަށް އިޢުތިރާފުވެވަޑައިގަތީ އެކަލޭގެފާނުގެ ގައިކޮޅުގައި ޙައްދު ޖެއްސެވުން އެދިގެންނެވެ.
އެ ކުށަށް އިޢުތިރާފު ވެޑައިގަތީ އެކަމަށް އެއްވެސް މީހަކު މަޖުބޫރު ކޮށްގެނެއް ނޫނެވެ. އެކަލޭގެފާނު ވަޑައިގަތީ ތައުބާ ވެވަޑައިގަތުމަށްޓަކައެވެ. އާޚިރަތުގެ ޙިސާބުގެ ކުރިން ދުނިޔެ މަތީގައި އެކަލޭގެފާނަށް ކުރެވުނުގެ ކުށުގެ އަދަބު ލިބިގަތުމަށެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތީ މިފަދައިން ވިދާޅުވަމުންނެވެ. ތިމަން ކަލޭގެފާނު ޠާހިރުކޮށް ދެއްވާށެވެ.
އެންމެ ފުރަތަމަ ވެސް އެކަލޭގެފާނު ބޮޑުފާފަޔަކަށް އަރައިވަޑައިގެންފައިވާކަމަށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް އިޙްސާސް ވެވަޑައިގަތެވެ. އެކަން އެކަލޭގެފާނުގެ އަޑުފުޅުންނާއި ޙަރަކާތުން ފައުޅުވަމުން ދިޔައެވެ. މިއާއެކު ވެސް ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު ކުރެއްވި ފާފައަކީ ކޮބައިތޯ ސުވާލެއް ނުކުރައްވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މަސައްކަތްޕުޅު ކުރެއްވީ ماعز بن مالك الأسلمي މައްޗަށް ޙައްދު ޤާއިމު ނުކޮށް ފަރުޖެހޭތޯއެވެ! މިއީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ މަތިވެރިކަމާ އޯގާތެރިކަމާ މާތްކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.
ނަމަވެސް ماعز بن مالك الأسلمي އެކަލޭގެފާނަށް ކުރެވުނު ކުށަށް އިޢުތިރާފުވެވަޑައިގެން، އެ އިޢުތިރާފުގެ މަތީގައި ދެމިހުންނެވިއެވެ. އަދި ހަތަރުވަނަ ފަހަރު އެކަމަށް އިޤްރާރުވެޑައިގަތެވެ. މިއާއިއެކު ވެސް ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ވާހަކަފުޅަށް ސަމާލުކަމެއް ނުދެއްވައި، އެތައް ފަހަރަކު ماعز بن مالك الأسلمي އެކަލޭގެފާނު އަނބުރާ ފޮނުވައިލެއްވިއެވެ. އެއީ އެކަލޭގެފާނުގެ މައްޗަށް ރަޙުމް ކުރެއްވުމުގެ ގޮތުންނެވެ.
އެކަލޭގެފާނުގެ ސިކުނޑީ މައްސަލައެއް ހުރޭތޯ ސުވާލު ކުރެއްވި އެވެ.
އެކަލޭގެފާނުގެ ކިބައިގައި މޮޔަކަމެއް ހުރޭތޯ ސުވާލު ކުރެއްވި އެވެ. މީސްތަކުން ދެންނެވިއެވެ. ނޫނެކެވެ. އަދި އެކަލޭގެފާނު ރާ ހިއްޕަވާތޯ ސުވާލު ކުރެއްވި އެވެ. މަސްތުގެ ޙާލަތުގައި އެކަލޭގެފާނު ނުކުރައްވާ ކަމަކަށް އިޢުތިރާފުވަނީތޯ ސުވާލު ކުރެއްވިއެވެ. މުޙްޞަނަކުގެ މައްޗަށް ޒިނޭގެ ޙައްދަށްވުރެ، ރަލުގެ ޙައްދު ލުއިވެގެންވެއެވެ. ماعز بن مالك الأسلمي އަކީ ރާ ބައްލަވާ ބޭކަލެއް ނޫނެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم މިހުރިހާ މަސައްކަތްޕުޅެއް ކުރެއްވީ ماعز بن مالك الأسلمي ޒިނޭގެ ޙައްދުން ދުރުހެލި ކުރެއްވޭތޯއެވެ. ރިވާޔަތްތަކުގައި ބަޔާންވެގެންވާ ގޮތުގައި ކީރިތި ރަސޫލާ صلى الله عليه وسلم، ماعز بن مالك الأسلمي ގެ ޤައުމުގެ މީހުންނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. «أَتَعْلَمُونَ بِعَقْلِهِ بَأْسًا تُنْكِرُونَ مِنْهُ شَيْئًا». فقالوا: ما نعلمه إِلاَّ وَفِيَّ العقل من صالحينا فيما نُرَى) (مسلم: كتاب الحدود، باب من اعترف على نفسه بالزنى (1695)
މާނައީ:"ތިޔަބައި މީހުންނަށް އޭނާގެ ސިކުނޑީގައި އުނިކަމެއް ނުވަތަ އިންކާރުކުރެވޭ ޒާތުގެ ކަމެއް ހުރިކަން އެނގޭ ހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. އެފަދަކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތެވެ. އޭނާއަކީ ސިކުނޑި ރަނގަޅު މީހެކެވެ. އަޅުގަނޑު މެންނަށް ފެންނަ ގޮތުގައި ހުރިހާ ގޮތަކުން ރަނގަޅު މީހެކެވެ."
އެހެން ރިވާޔަތެއްގައި ވާ ގޮތުގައި ކީރިތި ރަސޫލާ ماعز بن مالك الأسلمي ޒިނޭގެ ޙައްދުން ސަލާމަތްވެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
«لَعَلَّكَ قَبَّلْتَ أَوْ غَمَزْتَ أَوْ نَظَرْتَ» قال: لا) (البخاري: كتاب المحاربين من أهل الكفر والرِّدَّة، باب هل يقول الإمام للمُقِرِّ: لعلك لمست أو غمزت (6324)، وأبو داود (4427)، وأحمد (2433)
މާނައީ:"ފަހަރެއްގައި ތިބާ އޭނާގެ ގައިގައި ބޮސްދިނީއެވެ. ނުވަތަ ގައިގައި ބީހުނީއެވެ. ނުވަތަ އޭނާ ދިމާޔަށް ބަލައިލީއެވެ." ماعز بن مالك الأسلمي ދެންނެވިއެވެ. ނޫނެކެވެ."
މިތަނުގައި ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ނުކުތާތަކެއް ވެއެވެ. ފުރަތަމަ ކަމަކީ ماعز بن مالك الأسلمي ރަޖަމު ކުރެވުނު ދުވަހުގެ ރޭގައި ކީރިތި ރަސޫލާ صلى الله عليه وسلم، ޚުޠުބާއެއް ދެއްވިއެވެ. އެކަލޭގެފާނުގެ ވާހަކަފުޅުގައި އެ ޙައްޤަކީ އެކަލޭގެފާނާ ގުޅިފައިވާ ޙައްޤެއް ނޫންކަން ބަޔާން ކޮށްދެއްވިއެވެ. ފުރަތަމަ ކަމަކީ އެއީ މާތް الله ކަނޑައަޅުއްވައިފައިވާ ޙައްޤެކެވެ. އަދި އެއީ ރައްޔިތުންނާ މުޖުތަމަޢާ ގުޅިފައިވާ ޙައްޤެކެވެ. އެ މީހަކީ ކޮންމެފަދަ މީހެއް ކަމުގައި ވިޔަސް އެޙައްދު ޤާއިމު ކުރައްވާނެ ކަމުގައި ޙަދީޘް ކުރެއްވިއެވެ.
ދެވަނަ ނުކުތާ އަކީ، މި ޙާދިޘާއާއި ގުޅިގެން މަދީނާގެ ޙާލަތު އޮތް ގޮތާ މެދު ވިސްނާލަން ޖެހެއެވެ. އަދި މީސްތަކުންގެ ތުންތުން މަތިން ދެކެވެމުންދިޔަ ވާހަކަތަކާ މެދު ކީރިތި ރަސޫލާ صلى الله عليه وسلم ޢަމަލު ކުރެއްވި ގޮތަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. بُريدة رضي الله عنه ވިދާޅުވެފައިވެއެވެ. މިކަމުގައި މީސްތަކުން ބެހިފައިވަނީ ދެ ބަޔަކަށެވެ.
އެއް ބަޔަކު ބުނަމުން ދިޔައީ ماعز بن مالك الأسلمي ހަލާކު ވެއްޖެކަމުގައެވެ. އެއީ އެކަލޭގެފާނުގެ ކުށް ވަނީ އެކަލޭގެފާނު ވަށައިލެވިފައެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ އެކަލޭގެފާނުގެ ތައުބާއަށް ވުރެ ވަކިން މާތް ތައުބާއެއް ނުވާކަމުގަ އެވެ. އެކަލޭގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم އަރިހަށް ގޮސް ކީރިތި ރަސޫލާގެ އަތްޕުޅުމަތީ އެކަލޭގެފާނުގެ އަތްޕުޅު ބޭއްވެވި އެވެ.
އެއަށް ފަހު ކީރިތި ރަސޫލާ صلى الله عليه وسلم އާ މުޚާޠަބު ކުރައްވައި ދެންނެވިއެވެ. "ހިލައިންތަޅާ އަޅުގަނޑު ޤަތުލުކޮށްލަ ދެއްވާށެވެ." ވިދާޅުވިއެވެ. އެގޮތުގައި ދެ ދުވަސް ނުވަތަ ތިން ދުވަސް ހޭދަވެގެން ދިޔައެވެ. އެއަށްފަހު ކީރިތި ރަސޫލާ صلى الله عليه وسلم ވަޑައިގަތެވެ. އަދި އެބޭކަލުން އިށީނދެވަޑައިގެން ތިއްބަވަނިކޮށް އެކަލޭގެފާނުގެ އެބޭކަލުންނާ ސަލާމް ކުރެއްވުމަށް ފަހު އިށީނދެވަޑައިގަތެވެ. އަދި އެބޭކަލުންނަށް ޙަދީޘް ކުރެއްވިއެވެ.
«اسْتَغْفِرُوا لِمَاعِزِ بْنِ مَالِكٍ». قال: فقالوا: غفر الله لماعز بن مالك. قال: فقال رسول الله صلى الله عليه وسلم: «لَقَدْ تَابَ تَوْبَةً لَوْ قُسِمَتْ بَيْنَ أُمَّةٍ لَوَسِعَتْهُمْ» (مسلم: كتاب الحدود، باب من اعترف على نفسه بالزنا (1695)، والدارقطني (39)، والطبراني في الأوسط (4843)
މާނައީ:"ތިޔަބައި މީހުން ماعز بن مالك الأسلمي ގެ ފާފަފުއްސެވުން އެދި ދުޢާކުރާށެވެ." ވިދާޅުވިއެވެ. އެބޭކަލުން ދެންނެވިއެވެ. މާތް ﷲ، ماعز بن مالك الأسلمي ގެ ފާފަފުއްސަވައި ދެއްވާށިއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އެކަލޭގެފާނުގެ އެވެވަޑައިގެންނެވި، ތައުބާ އުންމަތުގެ އެންމެން މައްޗަށް ބަހައިލި ނަމަވެސް ފުދި އިތުރުވީހެވެ."
ماعز بن مالك الأسلمي ކުރެއްވި ޢަމަލުގެ ބޮޑުކަމާ، މީސްތަކުން އެ ޢަމަލުން ދުރުހެލިވުމަށް ބާރު އެޅުއްވުމާއެކު ވެސް، މާތް ﷲ އެކަލޭގެފާނުގެ ތައުބާ ޤަބޫލު ކުރައްވައި ފާފަފުއްސަވައިދެއްވިކަން ޢާންމުކޮށް އިޢުލާން ކުރައްވާކަށް، ކީރިތި ރަސޫލާ صلى الله عليه وسلم ފަސްޖެހިވަޑައެއް ނުގަންނަވައެވެ. އަދި ހަމައެފަދައިން ماعز بن مالك الأسلمي އަށް ފާފަފުއްސައިދެއްވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް މީސްތަކުންގެ ކިބައިން އެދިވަޑައިގަތެވެ.
ماعز بن مالك الأسلمي ގެ މި ޙާދީޘާއިން އުންމަތަށް ލިބިގެންދާ ފިލާވަޅަކީ ސިއްރުވެ ވަންހަނާ ވެފައިވާ ކަންކަން ފައުޅުކޮށް މީސްތަކުން ފަޟީޙަތް ކުރުމަކީ އިސްލާމް ދީން ބާރު އަޅާކަމެއް ނޫނެވެ. އެހެން ނަމަވެސް އަނިޔާ ލިބޭ މީހާ އޭނާއަށް ލިބުނު އަނިޔާ ހާމަކޮށް ޙައްޤު ހޯދުމަށް މަސައްކަތް ކުރުން އިސްލާމްދީން ހުރަހެއް ނައަޅާއެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿لَّا يُحِبُّ اللَّهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ اللَّهُ سَمِيعًا عَلِيمًا﴾ (سورة النساء ١٤٨) މާނައީ:"އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."
ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުމެކެވެ.