Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ސިހުރު "ހަދާތީ" ރަސްގެތީމުން މީހަކު ބާލައިފި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ރ. ރަސްގެތީމުން މީހަކު ބާލައިފި އެވެ.

ރޭ އިރާކޮޅު ރަށުގެ ބަޔަކު ނުކުމެ ބާލާފައި ވަނީ ނ. ވެލިދޫ މީހެކެވެ.

އެ މީހާ ބާލަން ބަޔަކު މަސައްކަތް ކުރަމުން ދަނިކޮށް، ފުލުހުުން އެ ސަރަހައްދަށް ގޮސް އެ މީހާ އަށް ހިމާޔަތްދީގެން ރަށުން ގެންގިސްފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ސިހުރާ ގުޅޭ މައްސަލަތައް ފެންމަތިވަމުންދާ އިރު، މިދިޔަ ހޯމަ ދުވަހު ހއ. ބާރަށުގައި ސިހުރު ހަދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ އަށް މީހަކު ހިފަހައްޓައި، ސުވާލުކޮށްފައިވެ އެވެ.