ޕާކިސްތާނަށް އިންޑިއާ އިން ފަތިހު ދިން ހަމަލާތަކަކީ "ހަނގުރާމައިގެ އަމަލެއް"ކަމަށާއި ރައްދުގައި ހަމަލާތައް ދެމުންދާނެ ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
"އޮޕަރޭޥަޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން ފަތިހު ޕާކިސްތާނާއި އެ ގައުމުން ކޮންޓްރޯކުރާ ސަރަހައްދަށް ދިން ހަމަލާތަކުގައި ނުވަ މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންތަކެއްވެ ސް ހިމެނެ އެވެ. ޕާކިސްތާނަށް އިންޑިއާ އިން ހަކަކާ ދީފައި މި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަގަލްގާމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ.
އެ ހަމަލާތަކުގައި މަރުވީ އިންޑިއާގެ 26 މީހަކާއި ނޭޕާލްގެ މީހެކެވެ. އެ ހަމަލާގެ ސަބަބުން މަސްތަހު ހޫނުވެ، ދެ ގައުމުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.
ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އަށް ދިން ރައްދު ހަމަލާތަކެއްގައި އިންޑިއާގެ އަސްކަރީ ފަސްވަރަކަށް ބޯޓެއް ވައްޓާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.
"އެކަމަކެ ދެ ގައުމުން އަލުން ހަނގުރާމައެއް ފެށުމަކި އެދޭ ކަމެއް ނޫން." މިނިސްޓފަެރު ވިދާޅުވި އެވެ.
ދެ ގައުމަށް 1947 ގައި މިނިވަންޖކަން ލިބުނު ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާތަނަށް ގެއްލުން ބޮޑު އެތައް ހަނގުރާމއެއްކޮށްފައިވެ އެވެ.