Last Updated: June 8, 11:51
Monday, June 8, 2026
ޚަބަރު

ހިތަދޫ މަގުތަކުން ވެހިކަލްތައް ޓޯކުރަނީ

އައްޑޫ ހިތަދޫ މަގުތަކަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ކައުންސިލުން އަނެއްކާ ވެސް ފަށައިފި އެވެ.

އެގޮތުން އަވަށު އަންނަނީ ހިތަދޫގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ދޫކޮށްލައި، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ވެސް މިގޮތަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނަގާފައިވެ އެވެ.

ވެހިކަލްތައް ޓޯކުރަނީ އެ ތަކެތި ނެގުމަށް އެތައް ފަހަރެއްގެ މަތިން ނޯޓިސް ވެސް ދިނުމަށް ފަހުކަން ފާހަގަކޮށްލެވެ އެވެ.