Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

މާލޭގެ ހޭންޑްބޯލް ކޯޓް އިންޑޯ ކޯޓަކަށް ބަދަލު ކުރަނީ

މާލޭ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ގާއިމުކޮށްފައިވާ ހޭންޑްބޯލް ކޯޓު އިންޑޯ ކޯޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ މިއީ އިންޑޯ ހޭންޑްބޯލް ކޯޓެއް ނެތުމާ ގުޅިގެން އެ ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ އެކަމަށް ހައްލެއް ހޯދައި ދޭން ފެށި މަސައްކަތެއް ކަމަށެވެ.

އެހެންވެ އިންޑޯ ކޯޓްގެ މަސައްކަތް މި އަހަރު ނިމޭއިރު ބޭނުން ކުރެވެން ފެށޭނެ ކަމަށް ވިދާޅުވި އެވެ..

ރާފިޢު ވިދާޅުވީ ހޭންޑްބޯލް ކޮމިއުނިޓީން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ބޭނުންވީ ހޭންޑް ބޯލް ކޯޓު ހިޔާކުރެވޭނެ ގޮތެއްވުން ކަމަށާއި، އެކަމަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފުތާތެރޭ ރާއްޖެ ގެނެސް ނިމޭނެ ކަމަށެވެ. އެކަމަށް ހޭދަވާ ފައިސާގެ ތެރެއިން މިނިސްޓްރީން ހަމަޖައްސަންޖެހޭ ބައި މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު ބޭނުން ކުރާ ހޭންޑްބޯލް ކޯޓަކީ 2021 ގައި އެޅި ކޯޓެކެވެ.

އެތަން ހިޔާނުކޮށް އޮތުމުގެ ސަބަބުން ވިއްސާރަ އާއި އަވީގެ ސަބަބުން މެޗުތައް ކުރިޔަށް ގެންދިއުމަށް ދަތިވާ ވާހަކައަކީ ހޭންޑްބޯލް ކުޅުންތެރިންނާއި ކޯޗުން ފާހަގަ ކުރަމުން އަންނަ ކަމެކެވެ.