އެގްރިކަލްޗަ މިނިސްޓްރީ ގުޅިގެން ދޫކުރާ 'ދަނޑުވެރި ނަފާ ލޯނު' ގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައި ވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ.
އެސްޑީއެފްސީގެ ޕީޕީއާރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރު އައިމިނަތު މުހާ ވިދާޅުވީ ދަނޑުވެރި ނަފާ ލޯނަށް 2019 އިން ފެށިގެން ހުޅުވާލާފައިވާ އިރު މިހާތަނަށް ލޯނު ނަގާފައިވާ ގިނަ ފަރާތްތަކުން ލޯނު ނަގާފައި ވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށެވެ.
އެގޮތުން މިހާތަނަށް 100،000ރ. އާ ހަމައަށް ނެގޭ ލޯނު ޖުމްލަ 18 ފާރާތަކުން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ނަގާފަ. 1.4 މިލިއަން ރުފިޔާ އެވެ. އަދި ސެ މިލިޔަނާއި ހަމައަށް 23 ފަރާތަކުން ލޯނިު ނަގާފައިވާ އިރު އެފަރާތަކަށް 14.5 މިލިއަން ދޫކޮށްފައިވެ އެވެ
މީގެ ތެރޭގައި އެންމެ ގިނައީ ހިމެނެނީ ވާޓިކަލް ފާމިން އާއި ގުރީންހައުސް ފާމިން އަށް ނަގާފައިވާ ލޯނުތަކެވެ.
އެސްޑިއެފްސީ އިން ބުނީ ޒަމާނީ ދަނދުވެރިކަމަށް ދަނޑުވެރިންގެ ފޯކަސްކުރާ އިރު ޕޯލްޓްރީ ނުވަތަ ކުކުޅު ގެންގުޅުން ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަ ކަމަށެވެ.
'ދަނޑުވެރި ނަފާ ލޯނު' ގައި ދެ ކެޓެގްރީއެއް ހިމަނެ އެވެ.
އެއީ 100،000ރ. އާ ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފެށިގެން ދެ މިލިޔަނާ ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށް ވެސް އަހަރަކު ނަގާނީ ހަ ޕަސެންޓްގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް 100،000ރ. އާ ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައި ވަނީ ތިން އަހަރެވެ. އަދި ދެ މިލިއަނާ ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.