Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޓްރެއިނިންގައި ހާލު ދެރަވި މީހާ ވެންޓިލޭޓަރުގައި

ދ. ވާނީގައި ޕޮލިސް ޓްރެއިނިންގައި އުޅެނިކޮށް ހާލު ދެރަވެ، ފަރުވާއަށް މާލެ ގެންދިޔަ ފުލުސް މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

އޭނަގެ ހާލު ދެރަވީ މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު އެެވެ. އެކަމާ ގުޅިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ހަމަ އެ ދުވަހު މާލެ ގެންގޮސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

ފުލުހުން މިއަދު ބުނީ 34 އަހަރުގެ މީހާ ހާލު އަދިވެސް ވަރަށް ކްރިޓިކަލް ކަމަށާއި ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.