Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އައިޔޫއެމުން އިންޓާންޝިޕަކަށް ހުޅުވާލައިފި

އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން އިންޓާންޝިޕަކަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ތިން މަސް ދުވަހަށް އެކަޑެމިކް ސަޕޯޓް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާނެ ހަ މީހުން ބޭނުންވާ ކަމަށެވެ. އެހެންވެ ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި އިންޓާން އަށް ކުރިމަތިލާ މީހުންގެ މައިގަނޑު ޝަރުތުތަކަކީ ގްރޭޑް 10 ނިންމާފައިވާ އަދި އެހެން ވަޒީފާއެއް އަދާނުކުރުމެވެ.

އައިޔޫއެމުން ބުނީ އެ މީހުން މަސައްކަތް ކުރަން ޖެހޭނީ ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ދެމެދު ހަތަރު ގަޑިއިރު ކަމަށެވެ. އެއީ ޔުނިވަސިޓީގެ އެކިއެކި ޑިޕާްޓުމަންޓުތަކުގަ އެވެ.

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 175ރ. ލިބޭނެ އެވެ.