Last Updated: May 8, 02:27
Wednesday, May 7, 2025
ޚަބަރު

ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި މީހާ މާލެއަށް

ގ.ދ ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ސްޓޫޑިއޯ 33

ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން އަނިޔާވި މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ފުލުހުން ބުނީ ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 31 އަަހަރުގެ އަންހެން މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ.

އެ އަނިޔާގެ ސަބަބުން ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އާއިލާ އާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް، ތަހުގީގުގައި ސުވާލުކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.