Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ހުޅުމީދު އަށް އެއާޕޯޓެއް ބޭނުންވޭ: ޝާހިދު

މެންބަރު މުހައްމަދު ޝާހިދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ހުޅުމީދު އަށް އެއާޕޯޓަށް ބޭނުންވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލަށް ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ ހުޅުދޫމީދުއަކީ ކަނޑެއް ހުރަސްކޮށްފައި، ވަކިން އެކަހެރިވެފައި އޮތް ދެ ރަށް ކަމަށެވެ.

"އަޅުގަނޑު ހަމަ މިއަދު ހުށަހަޅާލަން އިނގޭތޯ، އައްޑު އަތޮޅުގައި ގަމުގައި އިނގިރޭސިން ދުވަސްވަރުން ފެށިގެން އެއާޕޯޓެއް އަޅާފައި އޮތް ކަމުގައި ވިޔަސް ހުޅުދޫމީދޫގެ ރައްޔިތުން ބޭނުންވޭ އެއާޕޯޓެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކަނޑުގަދަ ދުވަސްތަކުގައި ލޯންޗެއް އަދި ދޯންޏަކަށް ވެސް ދަތުރު ނުކުރެވޭ ކަމަށާއި މިހާރުވެސް ދުވާލަކު 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ ރައްޔިތުން ހުޅުދޫމީދޫއާއި، ގަމާއި، ފޭދޫއާއި ހިތަދޫއާ ދެމެދު ދަތުރުކުރާ ކަމަށެވެ.

"ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވެސް އެބަޖެހޭ ވަކާލާތު ކުރަން، ވާހަކަދައްކަން. މިއީ ނުވާނެ ކަމެއް ނޫން. އާބާދީގެ ގޮތުން ވަރަށް ބޮޑު އާބާދީއެއް މި ދެ ރަށަށް ބަލާއިރު،" ޝާހިދު ވިދާޅުވި އެވެ.

ހުޅުމީދޫ އަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށާއި އެގޮތުން މި ސަރުކާރުގައި އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު މިކަމަށް ގޮވާލާފައިވާއިރު ހިތަދު އާއި ހުޅުމީދުއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.