Last Updated: May 8, 09:13
Thursday, May 8, 2025
ކުޅިވަރު

ރޮނާލްޑޯގެ ދަރިފުޅު ޕޯޗުގަލްގެ ޒުވާން ޓީމަށް

ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ފިރިހެން ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ ޕޯޗުގަލްގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ނަގައިފި އެވެ.

ކްރިސްޓިއާނޯ ޖޫނިއާ އަންނަނީ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ޒުވާން ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކްރިސްޓިއާނޯ ޖޫނިއާ 14، ޕޯޗުގަލްގެ ޒުވާން ޓީމާއެކު ކުޅޭ ފުރަތަމަ މުބާރާތަކީ ކްރޮއޭޝިއާގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގެ ޕޯޗުގަލް އިން ޖަޕާން އާއި ގްރީސް އަދި އިންގްލެންޑާއި ދެކޮޅަށް ކުޅޭނެ އެވެ.

ޖޫނިއާ އަށް ޒުވާން ޓީމުން ފުރުސަތު ލިބުމުމުން ރޮނާލްޑޯ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ދަރިފުޅާއި މެދު ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

ޖޫނިއާ އަކީ ރޮނާލްޑޯގެ ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ.