Last Updated: July 23, 17:52
Thursday, July 23, 2026
ޚަބަރު

ޕޮލިސް ޓްރެއިނިންގައި ހާލު ދެރަވި މީހާ ނިޔާވެއްޖެ

ދ. ވާނީގައި ޕޮލިސް ޓްރެއިނިންގައި އުޅެނިކޮށް ހާލު ދެރަވި މީހާ ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވީ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގައިސް، 34، އެވެ.

ގައިސްގެ ހާލު ދެރަވީ މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު އެެވެ. އެކަމާ ގުޅިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ހަމަ އެ ދުވަހު މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށި އެވެ.

ނަމަވެސް އޭނާގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.