Last Updated: July 23, 17:52
Thursday, July 23, 2026
ޚަބަރު

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ އިމާރާތްތަކެއް - ފޮޓޯ: ސަން

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ގ. ލަންކާ/މާލެ، އަބްދުﷲ މުފީދު ،46، ކަމަށް ފުލުހުން ބުނެ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.