Last Updated: July 23, 17:52
Thursday, July 23, 2026
ޚަބަރު

ތިނަދޫ އެކްސިޑެންޓް: ސިކުނޑީގެ އޮޕަރޭޝަނަށް ފަހު ހާލު ސީރިއަސްވެއްޖެ

ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލް ދުއްވަން އިން 31 އަހަރުގެ އަންހެނަކަށެވެ. އެގޮތުން މި އެކްސިޑެންޓުގައި އޭނާގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ.

ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އެމަޖެންސީގައި ހަމަ އެދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު އިންފެކްޝަން އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް، ތަހުގީގުގައި ސުވާލުކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.