Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ޒުވާން ޚަބީތުން މެލޭޝިއާގައި ތަމްރީނު ކުރަން މަޝްވަރާކޮށްފި

ޒުވާން ޚަތީބުންނާއި އިމާމުން މެލޭޝިއާގައި ތަމްރީނު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާ ކުރިއަށް ގެންދިޔައީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ ދާތޯ ޕްރޮފެސަރ ޑރ. މުޙައްމަދު ފަރީސް ރަވީ ބިން އަބްދުﷲއާ އާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީގައ އޮޔް ބައްދަލުވުގައި އިސްލާމް ސެލަންގޯގެ ޔުނިވާސިޓީއާ ގުޅިގެން އިސްލާމީ ދާއިރާތަކުން މީހުން ބިނާ ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން ގިނަ މަޝްވަރާތަކެއް ކުރެއްވި އެވެ.

އެގޮތުން ރާއްޖޭގެ އިމާމުންނާއި، ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގުރާމުތަކާއި ޙަލާލް މެނޭޖްމަންޓު ދާއިރާ ފަދަ މުހިއްމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އިސްލާމީ ދާއިރާތަކުން މީހުން ބިނާކޮށް އިތުރު ތަމްރީން ދިނުމަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.