Last Updated: May 8, 15:48
Thursday, May 8, 2025
ޚަބަރު

ތެލަސީމިއާ އާ ސެންޓަރު ނިންމައި ހަވާލުކޮށްފި

ހުޅުމާލޭގެ އޮރެންޖް ހިޔާގައި ގާއިމުރި ތެލަސީމިއާގެ އާ ސެންޓަރުގެ މަސައްކަތް ސިފައިން ނިންމައި އެތަމް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

މިކަން މިއަދު އެމްްއެންޑީއެފުން ކަށަވަރުކޮށް ދީފައިވެ އެވެ.

މާލޭގައި ހިންގަމުން އައި ތެލަސީމިއާ ސެންޓަރުގައި ހުރި ދަތިތަކާ ގުޅިގެން އޮރެންޖް ހިޔާ އަށް ތެލަސީމިއާ ސެންޓަރު ބަދަލުކޮށް މެއި 8 ގައި ފާހަގަކުރާ ތެލަސީމިއާ ދުވަހަށް އެތަން ހުޅުވާނެކަމުގެ ވައުދު ރައީސް އޮތީ ވެވަޑައިގެންފަ އެެވެ. އެގޮތުން ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން ސިފައިންނާ ހަވާލުކުރީ މިދިޔަ މާޗް މަހުގެ 27 ގަ އެވެ.

އެ މަސައްކަތް ސިފައިން ފެށީ އެ މަހުގެ 28 ގަ އެވެ.

ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ވިދާޅުވެފައިވެ އެވެ. އެގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭކަމުގައި ވިދާޅުވިއެވެ. އަދި ފިލްޓަރުގެ މައްސަލަ އާއި ދެން ވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް ވަރަށް ގާތުން ބައްލަވައި، އެކަންކަން ޙައްލުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.