Last Updated: May 8, 15:48
Thursday, May 8, 2025
ޚަބަރު

ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރު ކުރަނީ

ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރު ކުރަން ނިންމައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލަފި އެވެ.

އެ މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުެ ފުރުސަތު މި މަހުގެ 26 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައ ވަނީ މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމަަށެވެ. ރަޖިސްޓްރޭޝަނަށް 500ރ. ދައްކަން ޖެހެ އެވެ. އަދި ބިޑް ސިކިއުރިޓީގެ ގޮތުގައި 121،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ހިންގަމުުން އަންނަ ޣާޒީ ސްކޫލަ ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ތަނެކެވެ.