Last Updated: May 8, 16:02
Thursday, May 8, 2025
ދުނިޔެ

ކޯރާޑީއަކުން ހަމަލާދީ އަންހެނަކު މަރާލައިިފި

ޕޮލެންޑްގެ ވޯސޯ ޔުނިވަސިޓީގެ ކެމްޕަހެއްގައި ކޯރާޑީއަކުން ހަމަލާދީ އެތަނުގެ އަންހެން މުވައްޒަފަކު މަރާލައިފި އެވެ.

އިއްޔެގެ އިރާކޮޅު ހިންގި އެ ހާދިސާއާ ގުޅިގެން ޔުނިވަސިޓީން ބުނީ މުވައްޒަފަކު މަރައިލި ހާދިސާ އަކީ ޔުނިވަސިޓީ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ނަމަވެސް މަރުވި މީހާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

އެ ހާދިސާގައި އިތުރު މީހަކު ވެސް ޒަހަމްވެފައިވެ އެވެ. އެ ފިރިހެން މީހާ އަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އަންހެން މީހާ މަރައިލި މައްސަލައިގައި ފުލުހުން މިހާރު ވަނީ 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނަގެ ވަނަވަރާއި ހަމަލާ ދޭން ޖެހުނު ސަބަބެއް ހާމައެއް ނުކުރެ އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން ޒުވާނާ އަކީ ލޯ ކިޔަވަމުން އަންނަ މީހެކެވެ.