Last Updated: May 8, 16:02
Thursday, May 8, 2025
ޚަބަރު

ކުޅިވަރާ ގުޅޭ 192 މަޝްރޫއެއް ކުރިއަށް އެބަދޭ

default

ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ކުޅިވަރާ ގުޅުން ހުރި 192 މަޝްރޫޢުއެއް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން ކުޅިވަރާއި، ފިޓްނަސް އަދި ރެކްރިއޭޝަންއާ ގުޅުންހުރި 192 މަޝްރޫއުއެއް ހިނގަމުން އަންނަ އިރު، އެންމެ ގިނަ މަޝްރޫއުތައް ހިނގަމުން އަންނަ މިނިސްޓްރީ އަކީ ސްޕޯޓްސް މިނިސްޓްރީ ކަމަށް އެތަނުން ބުންޏެވެ.

މިނިސްޓްރީން ބުނީ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ އެކި ރަށްތަކުގައި ހިނގަމުން އަންަ ނުވަތަ ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ އަދަދު 551 އަށް އަރާ ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން މިއަދާ ހަމައަށް ކުޅިވަރުގެ 50 މަޝްރޫޢުއެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފަށައިގެން ނިންމާފައިވާ މަޝްރޫޢުތައް ވެސް ހިމެނޭ ކަމަށް ބުންޏެެވެ.

މި އަހަރުގެ ތެރޭގައި 377 ކުޅިވަރުގެ މަޝްރޫޢުއެއް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.