Last Updated: May 8, 16:02
Thursday, May 8, 2025
މުނިފޫހިފިލުވުން

ނުތަނަވަސްކަމާ ހެދި ފިލްމެއް އެޅުވުން ކެލްސަލްކޮށްފި

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު ހަމަލާތަކެއް ބަދަލުރަމުންދާތީ ސަލާމަތީ ސަބަބުތަކަށްޓަކައި، މާދަމާ ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ބޮލީވުޑްގެ ފިލްމެއް އެޅުވުން ކެންސަލްކޮށްފި އެވެ.

މި ފިިލްމަކީ މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ބޮޑު ހިޓް ކަމަށްވާ "ޗާވާ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ރޮމޭންޓިކް ކޮމެޑީ "ބޫލް ޗުކް މާފް" އެވެ. އެ ސްޓޫޑިއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނުތަނަވަސްކަން އުފެދިފައި އޮތް މި ދަނޑިވަޅުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ފިލްމު ސިނަމާތަކުގައި ރިލީޒް ނުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ މި މަހުގެ 16 ގައި "ބޫލް ޗުކް މާފް" އެމެޒޯން ޕްރައިމްް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. ކަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލީޑް ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ވަމީގާ ގައްބީ އެވެ.

"ބޫލް ޗުކް މާފް" ސިމަނާތަކުގައި ނާޅުވަން ނިންމި އިރު، ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނާއޮ ބޮލީވުޑްގެ ބަތަލާ ވާނީ ކަޕޫރް ކުޅުނު ރޮމޭންޓިކް ކޮމެޑީ "އަބީރް ގްލާލް" އަކީ ވެސް ކުރިން މާދަމާ ސިނަމާތަކަށް ގެންނަން ޕްލޭންކުރި ފިލްމެކެވެ. ނަމަވެސް އިންޑިއާ އާއި ޕާކިސްތާނާ މިހާރު ވަރުގަދަ ހަނގުރާމައެއްގެ ތުންފަތްމަތީގައި އޮތުމާ ގުޅިގެން، ފަވާދުގެ ފިލްމު ރިލީޒް ނުކުރަން އޮތީ ނިންމައިފަ އެވެ.

އެ ފިލްމާ ދެކޮޅަށް އިންޑިއާގައި ބޮއިކޮޓް ހަރަކާތްތަކެއް ވެސް ހިންގާފައިވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަލުން ގުޅުން ގޯސްވީ މިދިޔަ މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ބަޔަކު ހަމަލާތަކެއް ދީ 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އެހެންވެ ރައްދުގައި އިންޑިއާ އިން މިހާރު އޮތީ ޕާކިސްތާނާ ދެކޮޅަށް "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ.

ޒަމާނުއްސުރެ އަަދާވާތްތެރިކަން އޮންނަ މި ދެ ގައުމުން މިހާތަނަށް ގިނަ ހަނގުރާމަތަކެއްކޮށްފައިވެ އެވެ.