ހިރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި ހަރަކާތްތަކާ ބެހޭ ސައިންޓިފިކް މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އެގޮތުން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގެ ދަށުން، ފިޝަރީޒް އޮބްޒާވަރުންތަކެއް އައްޔަންކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 17 މީހެކެވެ. ފިޝަރީޒް އޮބްޒާވަރުންގެ ޓީމުގައި ތިން އަންހެނުން ވެސް ހިމެނެ އެވެ.
* އަބްދުﷲ ފިސާމް
* އަހްސަން މުހައްމަދު
* އަހްމަދު އުމެއިރު މުހައްމަދު ހަމީދް
* މުހައްމަދު ނާޒިމް
* ހަސަން މުޚްތާރު
* އިބްރާހިމް ހުސެއިން
* މުހައްމަދު ޝަބީން
* އަހްމަދު އިޝާން ރަޝީދު
* އާނިމް މުހައްމަދު
* ނަބީލް އަބްދުލް މުހްސިން
* މަރިޔަމް ޝާމާ
* ހަމްދާ ހުސައިން ރަޝީދް
* އާމިނަތު މިޝްކާ ނަޒީރު
* ޝިމްހާޒް ވާފިރު
* އަހްމަދު ޖަޔަޝަން ހަސަން
* އަލީ ޔާނިއު
* އިޔާދް އަބްދުލް ވައްހާބް
މިނިސްޓްރީން ބުނީ ފިޝަރީޒް އޮބްޒާވަރުންގެ މި ޓީމުން އާންމުކޮށް މަސްކިރުވާ ބަނދަރުތަކުން މަސްވެރި އުޅަނދުތަކަށް އަރައި، ދަތުރުގައި ބައިވެރިވާނެ ކަމަށެވެ. އެހެންވެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުޅަނދުތަކުގެ ކެޔޮޅުންނާއި ޒިންމާދާރު ވެރިންގެ އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.