Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

މައި ކޮލެޖުން ސޮފްޓްވެއާ އިންޖިނިއަރިން ކޯސްތަކެއް

އަންނަ މަހު ފަށަން ގަމަޖެހިފައިވާ ސޮފްޓެވެއާ އިންޖިނިއަރިންގެ ކޯސްތަކަށް މައި ކޮލެޖުން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ދެ ލެވެލްއެއްގެ ކޯސްތަކެއް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސޮފްޓެވެއާ އިންޖިނިއަރިން އިން ބެޗްލާސް ޑިގްރީގެ 20 ފުރުސަތާއި މާސްޓާސް ޑިގްރީގެ 10 ފުރުސަތެވެ.

އެހެންވެ އެ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އޮތީ އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މައި ކޮލެޖަކީ އައްޑޫގައި ވެސް ކެމްޕަހެއް ހިންގަމުން އަންނަ، ރާއްޖޭގެ އެންމެ މަގުބޫލު އެެއް ކޮލެޖެވެ.