Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހިތަދޫ މަނިކު ދަނޑުގައި ލައިޓް ޖަހަން ހަވާލުކޮށްފި

އައްޑޫ ހިތަދޫ އަވަށު މަނިކު ފުޓްބޯޅަ ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓް ސަޕްލައިކޮސް އެ މަސައްކަތް ކުރަން ކައުންސިލުމް ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އިއްޔެ ކައުންސިލުން ހަވާލުކު ހިތަދޫގެ ކުންފުންޏެއް ކަމަށްވާ އިން އިންވެސްޓްމެންޓާ އެވެ. ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

ކައުންސިލުން ބުނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ކަމަށެވެ. މިކަމަށް 147،398.40ރ. ހަރަދުވެ އެވެ.