މިއަދުން ފެށިގެން ހުޅުމާލޭގެ އޮރެންޖް ހިޔާގައި ހިންގަން ފެށި ތެލަސީމިއާ ސެންޓަރު ކުރިއަަށް އޮތް 10 ދުވަުގެ ތެރޭގައި ހޮސްޕިޓަލަށް ގޮތަށް ހިންގަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ވިދާޅުވީ ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވިސް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ތެލެސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އެތަނުގެ ކަންކަން ރަނގަޅު ކުރަން ފެށުނު މަސައްކަތުގެ ދަށުން މިއަދާހަމައަށް އައިރު ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޖާގައިގެ އިތުރުން އާ ސެންޓަރުގެ ވަޞީލަތްތައްވެސް ރަނގަޅުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ވަޞީލަތްތައް ހޯދުމަށާއި މުވައްޒަފުން އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޖުމްލަކޮށް މުޅި ތަނަށް ބޭނުންވާ މުވައްޒަފުން ވެސް، ބާރަ ވަރަކަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަލިބި މިހާރު ދަނީ މަސައްކަތް ވެސް ކުރިޔަށް. އަދި ތަން ހިންގާ ގޮތް، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމުގައި، ގަޑިތަކާއި، އޮޕަރޭޝަނަލީ ހިންގާ ގޮތް ބަދަލުކުރުން އެއީ ވަރަށް މުހިއް މުކަމެއް،" ރައީސް ވިދާޅުވި އެވެ. "މިއިީ ވަރަށް މުހިއްމު ބޭނުމެއްގައި ކުރާކަމެއް. ކުދިންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރާ ކަމެއް."
ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހުޅުމާލެއަށް ބަދަލުކުރުމުން ހުޅުމާލޭ ހޮސްޕުޓަލުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.