Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

އުއްތަމަފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވަނީ

އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން- ފޮޓޯ: ރައީސް އޮފީސް

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާކުރުމަށް ހުށަހަޅުއްވައިފި އެވެ.

މުއުތަސިމް ރިޓަޔާ ކުރެއްވުމަށް ޖޭއެސްސީއަށް ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނަށް ރިޓަޔަމަންޓް ހަމަޖެހޭނީ ޖޭއެސްސީ އިން އެކަން ގަބޫލުކޮށް ރިޓަޔާވާން ފުރުސަތު ދިނުމަށް ޖޭއެސްސީން ނިންމުމުންނެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

މުއުތަސިމް އަދުނާނަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އެކުލަވާލި ފަހުން އެންމެ ގިނަ އަހަރު އެ ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅާ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމަށް ނިންމެވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.