Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

އިމުގަ ނަމުގައި ހިންގާ ފޭކު ވެބްސައިޓްތަކަށް ސަމާލުވާން އެދިއްޖެ

މޯލްޑިވްސް އިމިގްރޭޝަންގެ "އިމުގާ ޕޯޓަލް"ގެ ނަމުގައި ހިންގާ ފޭކު ވެބްސައިޓްތަކަށް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމުގަ ނަމުގައި ފޭކު ނުވަތަ ތާޑު-ޕާޓީ ވެބްސައިޓްތައް ހިންގަމުންދާ ކަމަށާއި އެފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

އިމުގާއަކީ އިމިގްރޭޝަންގެ ހިދުތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް، 2020 ވަނަ އަހަރު ގާއިމުކޮށްފައިވާ ޑިޖިޓަލް ސާވިސް ޕޯޓަލެކެވެ.

އިމުގަ ޕޯޓަލް މެދުވެރިކޮށް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނަށް މެދު ކެނޑުމެއްނެތި ފޯރުކޮށްދެމުންދެ އެވެ.