Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

މުލީ އެއާޕޯޓް ކޮމާޝަލް ދަތުރުތަކަށް ހުޅުވާލައިފި

މ. މުލީ އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާރްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެއާ އެއާޕޯޓްގެ ކޮމާޝަލް އޮޕަރޭޝަން ފެށުމަށް ތިން އެއާލައިނަކަށް ދައުވަތު ދީފައިވާ ކަމަށެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާ އެއާގެ އިތުރުން މަންޓާ އެއާ އެވެ.

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ބޭއްވީ މިދިޔަ މަހުގެ 25 ގަ އެވެ.

މި އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.