Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ރާއްޖެ އަށް ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީން މާޗް މަހާ ހަމައަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ނޮވެންބަރު މަހާއި ހަމައަށް ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

ހުޅަނގު މޫސުމުގެ އަސަރުރައް އާންމު ގޮތެއްގައި މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ހުޅަނގު މޫސުން ފެށުނުކަން ބަލާ މިންގަނޑަކީ ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރަށް ނުވަތަ އެއަށްވުރެ އިތުރަށް ވަރޭ ވެހުމެވެ. ވައިޖެހޭ މިންވަރަށް ބަލާއިރު ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ވައިޖެހުމެވެ. އަދި މިގޮތުގައި 2 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހުންނަންޖެހެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ އިއްޔެ އެވެ.