Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް

ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މި ޕްރޮގްރާމުގެ ދަށުން، އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދޭނެ ކަމަށެވެ.

ނަމަވެސް މި ފުރުސަތު ލިބޭނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރު 31 އާ ދެމެދު ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނިގޮތުގައި، ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެ އެވެ. މިގޮތަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.

އެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ކަސްޓަމަރުންވެސް، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި، ޤަވާޢިދުން ބިލްތަކަށް ފައިސާދައްކަމުން ގެންދިއުމަށް އެދިފަ އެވެ.