Last Updated: May 8, 23:00
Thursday, May 8, 2025
ޚަބަރު

ފުލުހުންގެ އިސް މަގާމުތަކަށް ބަދަލުތަކެއް

ފުލުހުންގެ އިދާރާގެ ބައެއް އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ފުލުހުން ބުނީ މި ބަދަލުތަކުގެ ދަށުން ފުލުހުންގެ 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގޮ ކްރައިމް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިސް އާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރިޓީ ހިމެނެ އެވެ.

މި ބަދަލުތަކާ ގުޅިގެން، ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު އައްޔަންކުރައްވާފައިވާއިރު ހެޑް އޮފް ޑްރަގް އެންފޯސްމަންޓްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވަނީ ކަނޑައަޅުއްވާފަ އެވެ.

އަދި ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙް، ހެޑް އޮފް ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިޙު މުޙައްމަދު ވަނީ އައްޔަންކުރައްވާފަ އެވެ.

މީގެ އިތުރުން، ހެޑް އޮފް ތިލަމާލެ ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، ހެޑް އޮފް ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން، އަދި ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤު އާދަމްފުޅު ވަނީ އައްޔަންކުރައްވާފަ އެވެ.

ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ޝަހީމް އަދި ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ ސެކިއުރިޓީގެ މަގާމަށް ކަނޑައަޅުއްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން އެވެ.

މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެ އެވެ.