ހުޅުމާލެއިން ރޭ ފުލުހުން ބަލާފާސްކުރި ވޭނެއް ތެރެއިން 40 ފުޅި ބަނގުރާ އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނިފައިވާ ކަމަށެވެ.
މި މައްސަލާގައި އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ދެ މީހުން ހައްޔަރު ކުރުމުގެ އިތުރުން އެމީހުން ތިބި ވޭން ޓޯކޮށް މައްސަލަަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.