Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

އީފާސް މެދުވެރިކޮށް ކުށުގެ ރިކޯޑް ސާފުކޮށް ދެނީ

އީފާސް މެދުވެރިކޮށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދޭ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

މި ބަދަކު ގެންނަން ނިންމީ ޚިދުމަތް ފަސޭހަ ކުރުމަށްޓަކަ އެވެ. އެހެންވެ އަންނަ ބުރާސްފަތިން ފެށިގެން ރިކޯޑުތައް ސާފުކުރުމަށްޓަކައި ހުށަހަޅަން ޖެހޭނީ ޑީޖޭއޭގެ ޕޯޓަލް އަށް އީފާސް މެދުވެރިކޮށެވެ.

އެތަނުން ބުނީ ރެކޯޑް ސާފުކުރަން ވަކިވަކި ފަރުދުން މިހާރު ހުށަހަޅާ ފޯމް އަންނަ އަންނަ މަހުގެ 1 އިން ފެށިގެން ބަލައިނުގަންނާނެ ކަމަށެވެ.ނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ކުރިއެކޭ ވެސް އެއްގޮތަށް ކަމަށް ބުންޏެވެ. އެއީ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާ އެކު ރިކޯޑް ސާފުކުރުމަށް އެދި ހުށަހެޅުމުންނެވެ.