Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

ޔުމްނުގެ ހާދިސާ އަށް ހާއްސަ ޕޯޓަލްއެއް

ފުރާޅެއްގެ މައްޗަށް 'ވެއްޓުނު' އަންހެން މީހާގެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި އިންކުއަރީ ކޮމިޝަނުން އެކަމާ ގުޅުން ހުރި މައުލޫމާތުތައް އެއްކުރަން ޕޯޓަލްއެއް ތައާރަފުކޮށްފި އެވެ.

އެ ކޮމިޝަނުން ބިނީ ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ހާދިސާއާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އަދި އެހެނިހެން މަޢުލޫމާތު ކޮމިޝަނާ ކުރެވޭނެ ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ވެސް ޕޯޓަލް މެދުވެރިކޮށް އޮންނާނެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތެއްގެ މަތިން ކައިރީގައި ހުރި އެހެން އިމާރާތެއްގެ މައްޗަށް ހައްވާ ޔުމްމު، 21، "ވެއްޓުނު" ހާދިސާ ތަހުގީގު ކުރަން ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމިޝަން އުފެއްދެވީ މިދިޔަ މަހުގެ 27 ގަ އެވެ.

ކޮމިޝަނުގެ މަގުސަދަކީ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، މައްސަލަ އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ތަހުގީގްކޮށް ލަފާ ދިނުމެވެ.

ކޮމިޝަނުގައި ފަސް މެންބަރުން ހިމެނެ އެވެ.

* ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
* ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން
* ޑރ. މޫސާ މުރާދު، ދަފްތަރު ނަންބަރު ރސ 641
* ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
* އާމިނަތު އީނާސް، ހ. ހަބަރުގެ

މި ކޮމިޝަން ރައީސަކީ މުނައްވަރެވެ.