ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފެށި "އަހާ" ފޯރަމްގެ އިތުރު ފޯރަމެއް ހޯމަ ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި އެވެ.
މި ފޯރަމް އޮންނާނީ މިމަހުގެ 12 ވާ ހޯމަ ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގަ އެވެ. މިއީ މިފަދަ ފަސްވަނަ ފޯރަމެވެ.
މި ފޯރަމްގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އެގްރިކަލްޗަ މިނިސްޓަރު މަރިޔަމް މާރިއާ އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީގުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.
"އަހާ" ގެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒާ އެކީ ވެސް ފޯރަމެއް ބޭއްވި އެވެ.
"އަހާ" ފޯރަމަކީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.