Last Updated: May 9, 20:53
Friday, May 9, 2025
ޚަބަރު

ލަންކާ މަސްބޯޓެއް އޮޔާދާތީ ސިފައިން އެހީވަނީ

އަވަށްޓެރި ސްރީލަންކާގެ މަސް ބޯޓެއް އިންޖީނު ހުއްޓިގެން އޮޔާ ދާތީ ސިފައިން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އައްޑު ސިޓީގެ ހުޅަނގުން ލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން އެ ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓާ ކުރަމުންދާ ކަމަށެވެ.

މި ބޯޓް މިހާރު އޮތީ ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި އެ އުޅަނދު އޮޔާ އަންނަނީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެއް ކަމަށާއި ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް ބޯޓާއި ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.