Last Updated: May 11, 09:02
Sunday, May 11, 2025
ޚަބަރު

ޒުވާން ހަތީބުންގެ ތިންވަނަ ބުރަށް 283 ޒުވާނުން

ޒުވާން ހަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް 283 ޒުވާނުން މިހާތަނަށް ފޯމު ހުށަހަޅައިފި އެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރާ ޕްރޮގްރާމްއެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި މާދަމާ އަށް ތިންވަނަ ބުރުގެ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ހާއްސަ ތަމްރީނުތަކެއް ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ޒުވާން ޚަޠީބުންގެ މަޝްރޫޢުގެ ދަށުން އަމާޒަކީ 1،000 ޒުވާން ޚަޠީބުން ތަމްރީނުކޮށް، ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކޮށް ޚުޠުބާ ކިޔައި ރީތިކޮށް ޤުރުއާން ކިޔަވައި އިމާމުކަން ކުރާނެ ޖީލެއް ބިނާކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.