Last Updated: May 9, 22:28
Friday, May 9, 2025
މުނިފޫހިފިލުވުން

ޕާކިސްތާންގެ ކޮންޓެންޓްތައް އިންޑިއާގައި މަނާކޮށްފި

ޕާކިސްތާންގެ އެއްވެސް އުފެއްދުމެއް އިންޑިއާގައި އެއްވެސް ޕްލެޓްފޯމެއް މެދުވެެރިކޮށް ދެއްކުން މަނާކޮށްފި އެވެ.

އެކަން މަނާކޮށް މިނިސްޓްރީ އޮފް އިންފޮމޭޝަމް އެންޑް ބްރޯޑްކާސްޓިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާންގެ ފިލްމުތަކާއި ސިލްސިލާތަކާއި ވެބް ސީީރީޒްތަކާއި ލަވަތަކާއި ޕޮޑްކާސްޓް ޝޯތަކާއި އެ ބާވަތުގެ ހުރިހާ އުފެއްދުމަށް އިންޑިއާގައި ދެއްކުން މަނާކޮށްފައިވާ ކަމަށެވެ.

އިންޑިއާ އިން މިގޮތަށް ނިންމީ ދެ ގައުމުގެ މެދުގައި އަލުން ނުތަނަވަސްކަން އުފެދި، ހަމަލާތައް ވެސް ބަދަލުކުރަން ފަށާފައި ވަނިކޮށެެވ.ެ އަބަދު ވެސް ބޮޑު އަދާވަތްތެރިކަމެއް އޮންނަ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން މި ފަހަރު ގޯސްވެފައި މި ވަނީ މިދިޔަ މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާއާވީ ފަޅީގެ ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމާލަތަލެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ.

އެ ހަމަލާތަކުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، އިންޑިއާ އިން ވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ހަރަކާތެއް ފަށައި މި މަހުގެ 8 އިިން ފެށިގެން ޕާކިސްތާނަށް ހަމަލާތަކެއް ދޭން ފަށައިފަ އެވެ. އޭގެ ރައްދުގައި ޕާކިސްތާނުން ވެސް ހަމަލާތަކެއް ދެމުން އަންނަ އިރު، ދެ ގައުމު މިހާރު އޮތީ ވަރުގަދަ ހަނގުރާމައެއްގެ ތުންފަތްމަތީގަ އެވެ.

ދެ ގައުމަށް 1947 ގައި މިނިވަންކަން ލިބުނު ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާތަނަށް ގެއްލުން ބޮޑު އެތައް ހަނގުރާއަކާއި އެތައް ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެ، ޕާކިސްތާންގެ ކޮންޓެންޓްތައް އިންޑިއާގައި މަނާކުރި އިރު، ޕަހަލްގާމް ހަމަލާއާ ގުޅިގެން އިންޑިއާގައި ޕާކިސްތާންގެ ފިލްމީ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ބްލޮކޮށްފައިވެ އެވެ. އަދި މައްސަލަގަނޑު ފެންމަތިވި އިރު، ކުރިން ވެސް ބޮލީވުޑްގެ ފިލްމުތަކެއް ކުޅެފައިވާ ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާން ކުޅުނު އާ ފިލްމެއް ރިލީޒްކުރަން ދިޔައީ ތައްޔާރީތަކެއްވަމުންނެވެ.

ނަމަވެސް ހަމަލާގެ ދިލައިގެ ތެރޭގައި "އަބީރް ގުލާލް" އާ ދެކޮޅަށް ބޮއިކޮޓް ހަރަކާތްތަކެއް ފެށި، އެ ފިލްމު ދެން ބެލުންތެރިންނާ ހަމައަށް އައިސްދާނެކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތެވެ. ބޮލީވުޑްގެ ބަތަލާ ވާނީ ކަޕޫރާ އެކު ފަވާދު ކުޅުނު ފިލްމު ރިލީޒްކުރަން ނިންމީ މިއަދެވެ.