އެލައިޑް އިންޝުއަރަންސްގެ "ޕްރިމިއަމް ފޯ ގުޑް" ގެ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެލައިޑް ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމަޢަށް މަންފާ ކުރުވަނިވި ޚިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް ލިބިދޭ ފަންޑިންގ ޕްރޮގްރާމެކެވެ. އެގޮތުން ޞިއްޙީ ދުޅަހެޔޮކަން، އިޖުތިމާޢީ ޚިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީޚުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތައް ހުށަހެޅޭނެ އެވެ.
ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ 4 ފަރާތަށް 50،000ރ. ގެ އެހީއެއް ދިނުމަށް ދޭނެ އެވެ.
އެލައިޑްގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅޭނީ މެދުވެރިކޮށެވެ.
އެލައިޑް އެޑިޔުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޚިޔާލުތަކަށް ހިތްވަރުދޭ ޕްރޮގްރާމެކެވެ. މި ފަންޑަށްއެދި ހުށަހަޅާ ޕްރޮޖެކްޓްގެ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ އަށް ފަރާތަކަށް 25،000ރ. ރުފިޔާގެ ފައިސާގެ އެހީއެއް ދޭނެ އެވެ.
ދެ ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 އާ ހަމައަށެވެ.
އެލައިޑްގެ އިޖުތިމާއީ ޒިންމާގެ ދަށުން "ޕްރީމިއަމް ފޯ ގުޑް" ތައާރަދުކުރީ 2018 ގަ އެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންޝުއަރެންސްގެ ހިދުމަތްދޭ އެލައިޑަކީ އެސްޓީއޯގެ ސަބްސިޑަރީއެކެވެ.