އައްޑޫ ހިތަދޫ މަސްޖިދުލް ޝޫރާގައި ހިނަވާގެއެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.
ކައުންސިލުން އެ މަސައްކަތް މި މަހުގެ 7 ގައި ހަވާލުކުރީ ހިތަދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ. އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.
ކައުންސިލުން ބުނީ ހިނަވާގެ ހަދަން ހަވާލުކުދީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 89 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. މިކަމަށް 910,996.09ރ. ހޭދަވާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.