Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

ސްޓޫޑެންޓް ލޯނަށް 55 މިލިއަން ދީފި

މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް 55 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ނިޔަލަށް 55.5 މިލިއަން ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ ދޫކޮށްފައިވަނީ ޖުމްލަ ޖުމްލަ 751 ދަރިވަރަކަށް ކަމަށެވެ.

އެގޮތުން 34 ދަރިވަރަކު ކާމިޔާބުކަމާއެކު އެކުދިން ކިޔަވަމުން ދިޔަ ސްކޮލާޝިޕް ފުރިހަމަކޮށްފައިވާ ކަމަށާއި އަދި މިހާރު ކިޔަަވަމުން އަންނަނީ 717 ދަރިވަރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސްޓޫޑެންޓް ލޯނު ސްކީމަށް މިއަހަރު ހުޅުވާލި 500 ފުރުސަތަށް 1،300 އަށްވުރެ ގިނަ ދަރިވަރުން ވަނީ ފޯމު ހުށަހަޅާފަ އެވެ.

ސްޓޫޑެންޓް ލޯން ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެއީ ޓޮޕްއަޕް ލޯނާއި ރާއްޖޭގެ ޔުނިވަސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވަން ދޭ ލޯނުގެ އިތުރުން ހައިލީ ޓެކްނިކަލް ދާއިރާތަކަށް ދޫކުރާ ލޯންތަކެވެ.

ސްޓޫޑެންޓް ލޯނު މިހާރު ދޫކުރަނީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށެވެ.