'މޯލްޑިވްސް 2.0' އަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފުކޮށް ދެން ބާއްވާ ރިޔާސީ އިންތިހާބެއް އޮޅުވައިލުމުގެ އުންމީދުގައި މި ސަރުކާރުން ފެށި ކަމެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި "މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކޮށް ހިދުމަތްތައް ފަސޭހަ އިން ހޯދޭނެ އިންތިޒާމާ އެކު ކޮރަޕްޝަން ވެސް ނައްތައިލެވޭނެ ކަމެކެވެ.
އެގޮތުން ރޭ ފެށި "މޯލްޑިވްސް 2.0" ސަމިޓާ ގުޅިގެން މަހުލޫފް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށެވެ.
"ހަމަގައިމު ވެސް އަޅުގަނޑު އެކަކަށް އެކަމާ ސީދާ ދެކޮޅު ހަދަަން." އޭނަ ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރު ވެސް ދެ ގަަޑިއިރުތެރޭ ސާފުވާ އިރު އަދި ޔަގީންކަމާއެކު ބޭނުން މީހަކަށް ވޯޓުދީ، ވޯޓު އޮޅުވާ ނުލެވޭނެކަން ޔަގީން ކުރެވޭ ކަމަށެވެ.
"އިލެކްޓްރޯނިކް ވޯޓުލާ ޤައުމުތަކުންވެ ސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާއެކު، މިހާރުއެގެންދަނީ އެނިޒާމު ބަދަލުކުރަމުން.
އަޅުގަނޑުމެންގެ ވޯޓާ ކުޅެން ފުރުސަތުދީ، މިނިވަންކަމާއެކު ވޯޓުލުމުގެ ހަައްގު ނިގުޅައިގަންނަން ފުރުސަތު ދޭކަށް ނެތިން،" އޭނަ ވިދާޅުވި އެވެ. "ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯމަރާފަ ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާ ވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެެއް."
މަހްލޫފު ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި އިތުބާރު ނުހޯދާ އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.