އައްޑޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމާއި ކޯޗިން ކޯސް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
އެ ކޯހުގެ ނިމުން ފާހަގަކުރަން ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ސްޕޯޓަސް މިނިސްޓަރު އަބްދުﷲ ރާފިއު އެެވެ.
މިދިޔަ މަހުގެ 29 އިން އިއްޔެގެ ނިޔަލަށް ބޭއްވި ހޭންޑްބޯލް ރެފްރޯ ކޯހުގައި 18 މީހަކު ބައިވެރިވި އެެވެ. ކޯޗިން ކޯހުގައި 14 މީހަކު ބައިވެރިވި އެވެ.
މި ކޯހަކީ ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް އާއި، އައްޑޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.
ރެފްރީ ކޯސް ކުރިއަށް ގެންދިޔައީ ހިތަދޫގަ އަދި ކޯޗުން ކޯސް ކުރިއަށް ގެންދިޔައީ ފޭދޫގަ އެވެ. ރެފްރީ ކޯހުގެ އިންސްޓްރަކްޓަރަކީ ދާއިރާގެ ތަޖުރިބާކާރު ރެފްރީއެއް ކަމަށްވާ ޝާމިން އިބްރާހީމެވެ.