Last Updated: May 10, 13:18
Saturday, May 10, 2025
ޚަބަރު

މޯލްޑިވްސް 2.0' އާއި އީ-ވޯޓިންއަކާ ގުޅުމެއް ނެތް

ރާއްޖެ ޑިޖިލައިޒް ކުރުމުގެ ނަމުގައި "މޯލްޑިވްސް 2.0" ގެ ނަމުގައި ސަަރުކާރުުން ރޭ ފެށި މަސައްކަތަތަކީ އިލެކްޓްރިކް ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވައިލުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނާތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކަމަށް ރައްދު ދެއްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ "މޯލްޑިވްސް 2.0" ގެ ބޭނުމަކީ އީ-ވޯޓިން ނޫން ކަމަށާއި އެ ބަދަލުތަކުގެ ފަހަތުގައި އޮތީ ރާއްޖެ އިން ކޮރަޕްޝަން ނައްތާލުން ކަމަށެވެ.

"މިކަމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުން. ހަރަދު ކުޑަކުރުން. ޚިދުމަތްތައް އަވަސްކުރުން. ރައްޔިތުންނަށް ލުއިފަ ސޭހަކޮށް ދިނުން،" އިހުސާން ވިދާޅުވި އެވެ. 'އީވޯޓިންއެއް ނޫން."

"މޯލްޑިވްސް 2.0" އީ-ވޯޓިންއާ ގުޅުވައި ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް އިހުސާން ވިދާޅުވީ ބައެއް ކަންކަމަކީ ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މިއީ އެފަދަ ކަމެއް." އޭނަ ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ރަސްމީކޮށް އިފްތިތާހުކުރެވިގެން ދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށެވެ.