Last Updated: May 10, 13:18
Saturday, May 10, 2025
މުނިފޫހިފިލުވުން

'އޮޕަރޭޝަން ސިންދޫރު' ގެ ނަމުގައި ފިލްމެއް

ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ފެށި "އޮޕަރޭޝަން ސިންދޫރު" އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، އެ ނަމުގައި ފިލްމެއް އިއުލާންކޮށްފި އެވެ.

ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައިވާ މި ފިލްމަކީ ނިކީ ވިކީ ބަގްނާނީ ފިލްމްސް އާއި ކޮންޓެންޓް އިންޖިނިއާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެވެ. "އޮޕަރޭޝަން ސިންދޫރު" ގެ ޑައިރެކްޓަރުންނަކީ އުއްތަމް-ނިތިން" އެވެ.

ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުގައި ހިމަނާފައި ވަނީ އަސްކަރީ އަންހެން އޮފިސަރެކެވެ.

"އޮޕަރޭޝަން ސިންދޫރު" އަކީ މިދިޔ މަަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ޓެރަރިސްޓް ހަމަލާތަކުގައި 26 މީހަކު މަރައިލުމާ ގުޅިގެން، އޭގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައި، އެ ގައުމާ ދެކޮޅަށް އިންޑިއާ އިން ފެށި އޮޕަރޭޝަނެކެވެ.

"އޮޕަރޭޝަން ސިންދޫރު" ގެ ދަށުން ޕާކިސްތާނަށް ފުރަތަމަ ހަމަލާ ދީފައި ވަނީ މި މަހުގެ 8 ގަ އެވެ. އޭހެ ފަހުން ދެ ގައުމުން ދަނީ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.

ޕަހަލްގާމް ހާދިސާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވަފަ އެވެ.

"އޮޕަރޭޝަން ސިންދޫރު" އަށް ބިނާކޮށް ފިލްމެއް އިއުލާންކުުރި އިރު، މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނަން ފިލްމެއްގެ ޓައިޓްލްއަލަސް ރަޖިސްޓްރީ ކުރަން ބޮލީވުޑްގެ ބައެއް ޕްރޮޑަކްޝަން ހައުސްތަކުން ހުށަހަޅާފައިވެ އެވެ.

"އޮޕަރޭޝަން ސިންދޫރު" އިއުލާންކުރި ޕްރޮޑަކްޝަން ހައުސް ނިކީ ވިކޯ ބަގްނާނީ ފިލްމްސް އަކީ މި މަހުގެ 30 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސޮނާކްޝީ ސިންހާގެ "ނިކިތާ ރޯއި" ވެސް ގެނެސްދޭ ސްޓޫޑިއޯ އެވެ.