Last Updated: May 10, 14:05
Saturday, May 10, 2025
ޚަބަރު

ޕީސީބީގެ އެސްޖީ ސަސްޕެންޑްކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން ސަސްޕެންޑްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އޭނަ ސަސްޕެންޑްކުރީ މަސް ދުވަހުގެ މުއްދަތަށެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ޔާމީން ސަސްޕެންޑްކުރީ އޭނައާ ގުޅޭ މައްސަލައެެއް ބަލަމުން އަންނާތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޔާމީން ސަސްޕެންޑްކުރީ ދަށް ފަންތީގެ މީހުން ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަން ކުރެވޭ ގޮތަށް ބަދަލު ކުރި އުސޫލާ ދެކޮޅު ހެދުމުންނެވެ. އެސްއޯއީތަކުގެ އިސް މަގާމުތަކަށް ދަށް ފަންތީގެ މުވައްޒަފުންނަށް އާދެވޭ ގޮތަށް ޕީސީބީން ބަދަލު ގެނައީ މިދިޔަ މަހުގެ 21 ގަ އެވެ.