Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ޝާހިދުގެ އެންމެ ބޮޑު ފީ އަކީ 45 ކްރޯޑް ރުޕީސް

ބޮލީވުޑްގެ ތަރި، ޝާހިދު ކަޕޫރަށް މިހާތަނަށް އެންމެ ބޮޑު ފީއެެއް ލިބުނީ މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ އޭނަގެ ފުރަތަމަ ވެބް ސީރީޒް "ފަރުޒީ" ގެ ސީޒަން ދޭކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ރާއްޖެ އެންޑް ޑީކޭ ޑައިރެކްޓްކުރާ ސީރީޒަށް ހުނަވެރި އެކްޓަރު ސޮއިކުރީ 45 ކްރޯޑް ރުޕީސް (5.3 މިލިއަން ޑޮލަރު) އަށެވެ. ޝާހިދުގެ ފީ އެންމެ ފަހުން ބޮޑުކުރީ 2022 ގަ އެވެ. އެގޮތުން އޭނަގެ އެންމެ ފަހުފެ ފިލްމު ކަމަށްވާ މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން އެކްޝަން ތުރިލާ "ދޭވާ" ކުޅުނީ 35 ކްރޯޑް ރުޕީސް (4.1 މިލިއަން ޑޮލަރު) އަށެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝާހިދުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ތުރިލާއަލާއި ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ "ކޮކްޓެއިލް 2" ހިމެނެ އެވެ.

ދެ ކުދިންގެ ބައްޕަ ޝާހިދު، 44، ބޮލީވުޑަށް ތައާރަފުވީ 2003 ގެ "އިޝްގް ވިޝްގް" އިންނެވެ.