Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފަށައިފި

'ނެޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ފަށައިފި އެވެ.

ވިލާ ނޯޓިކާގައި ކުރިއަށް ގެންދާ މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 12 އާ ހަމައަށެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ނެޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފައްޓަވައި ދެއްވީ ފަސްޓްލެޑީ ސާޖިދާ މުޙައްމަދެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަމާނު ކުރުމާ ގުޅޭ ގޮތުން ބާއްވާ މި ކޮންފަރެންސަކީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ އެންމެ ބޭނުމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުންކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ކޮންފަރެންސްގައި ދިރާސީ އަށް ކަރުދާހެއް ހުށަހަޅާނެ އެވެ. އޭގެ ތެރޭގައި ކަމާ ގުޅުހުންރި އިދާރާތަކާއި ކޮލެޖު، ޔުނިވަސިޓީތަކުން ހުށައަޅާ ކަރުދާސް ހިމެނެ އެވެ. މި ކޮންފަރެންސްގައި ކީނޯޓް ދެ ސްޕީކަރުން ވާހަކަ ދައްކަވާނެ އެވެ.

ރާއްޖޭގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ފުރަތަމަ ފަހަރަށް ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ޚާއްސަ ޤާނޫނެއް އެކުލަވާލައި ޢަމަލު ކުރަން ފެށީ 2020 ގަ އެވެ.