އިޖްތިމާއީ މައްސަލަތަކުގެ ޙައްލަކީ އިސްލާމީ ތަރުބިއްޔަތު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައި އޭނަ ވިދާޅުވީ އުންމަތުގެ މުސްތަޤުބަލަކީ މިއަދުގެ ކުޑަކުދިންގެ ޖީލު ކަމަށެވެ.
"އެހެންވެ] އިސްލާމީ ހިދާޔަތުގެ އަލީގައި ތަރުބިޔަތުކުރުމާއި މަކާރިމުލްއަޚްލާޤު ދަސްކޮށް ދިނުމާއި ޤުރުއާނަށް ލޯބި ޖެއްސުމާއި ނަބިއްޔާގެ މަތިވެރި މަޤާމު އެކުދިންގެ ހިތްތަކުގައި ބިންވަޅު ނަގަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން އަންނަނީ ރަނގަޅު ޖީލެއް ބިނާކުރުމަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ. އޭގެ ތެރޭގައި ޤުރުއާން ހިތުދަސް ކުރަން ހިތްވަރުދީ، އެކަން މުޅި ރާއްޖެ އަށް ފުޅާކުރުމާއި ޒުވާން ޙަތީބުން ތަމްރީނު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.