ފިނިފެންމަލުގެ ބާވަތަކަށް އިނގިރޭސި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑެލްޓަންގެ ނަން ދީފި އެވެ.
އެކަމަނާގެ ޝާހީ ނަން ކަމަށްވާ 'ކެތެރިން ޕްރިންސެސް އޮފް ވޭލްސް' އާ ގުޅުވައިގެން މަލަށް ދީފައިވާ ނަމަކީ "ކެތެރިން ރޯޒް" އެވެ.
ފިޔާތޮށި ކުލަ އާއި އޮރެންޖް ކުލައިގެ ޝޭޑްތަކެއް އެކުލެވޭ މަލުގެ ފޮޓޯތަކަކާ އެކު ރޯޔަލް ހޯޓިކަލްޗްރަލް ސޮސައިޓީ (އާރްްއެޗްއެސް) އިން އިއްޔެ ބުނީ މިއީ މަލަށް ކޭޓްގެ ނަން ދިނީ ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަކުރައްވަން ކޭޓް ދެއްވާ އިސްކަމާއި މެންޓަލް ހެލްތަށް ހޭލުންތެރިކަން އުފައްދަން އެ ކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
އެތަނުން ބުނީ "ކެތެރިން ރޯޒް" ގެ މޫސުމުގައި އެ މާ ވިއްކައިގެން ލިބޭ ފައިދާ ހާއްސަ ކުރާނީ ދަ ރޯޔަލް މާސްޑެން ކެންސަ ޗެރިޓީއަށް ކަމަށެވެ.
އެ ޗެރިޓީން ވަނީ އެ ނިންމުމާ ގުޅިގެން އެކަމާ މަރުހަބާ ކިޔައި، ވަރަށް އުފާވާ ނިންމުމެއް ކަމަށް ބުނެފަ އެވެ.
ކޭޓް މިދިޔަ އަހަރު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފައިވެ އެވެ. އެ ކަމަނާ އަށް ކެންސަރުގެ އާލާސްކަންފުޅާ ކުރިމަތިލައްވަން ޖެހިވަޑައިގަތްކަން އިއުލާންކުރީ މިދިޔަ އަހަރުގެ މާޗްގަ އެވެ.
ޕްރިންސް ހެރީ އާއި ކޭޓް ކައިވެނި ބައްލަވައިގެންނެވީ 2011 ގަ އެވެ. ދެކަނބަލުންނަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.